• 12 May 2021
    DHR/TENDER/033/2021

    ބީލަން ހުށަހެޅުމުގެ ދަޢުވަތު

    ނަމްބަރ:DHR/TENDER/033/2021

    ދިރާގަށް މާކެޓިންގ އަދި ކްރިއޭޓިވް މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދައުވަތު ހުޅުވާލަމެވެ.

    ވީމާ، މިމަސައްކަތަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި، ބިޑު ނަމްބަރާއި އެކު [email protected] އަށް ކުންފުނީގެ ނަން، ގުޅޭނެފަރާތުގެ ނަން އަދި ފޯނު ނަމްބަރު، 23 މެއި 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

    މަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 25 މެއި 2021 ވާ އަންގާރަ ދުވަހުގެ 14:00 ގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް، އޮންލައިން މީޓިންގ އެއްގެގޮތުގައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވާނީ 21 ޖޫން 2021 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިންނެވެ.

    ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށެވެ. އަދި މިކަމުގެ ތަފްސީލް، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ހިއްސާކުރެވޭނެއެވެ.

    ދިރާގު އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

Download Dhiraagu App
Copyright © 2024 DHIRAAGU (Dhivehi Raajjeyge Gulhun Plc)
Ooops!
Generic Popup