• 24 December 2022
    Announcement regarding DhiraaguTV and DhiraaguPlay 

    ދިރާގުޓީވީ އަދި ދިރާގުޕްލޭއާ ގުޅޭ ޚާއްސަ ދަންނަވާލުމެއް

    ދިރާގުޓީވީ ޚިދުމަތާއި ގުޅޭގޮތުން މިއަހަރުގެ އޮކްޓޫބަރުމަހު ކޮށްފައިވާ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ. 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އައު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް (އެމްބީސީ) ހުށައެޅީމެވެ. އަދި ޖަނަވަރީ 2022 ގައި އެމްބީސީއިން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް  އެމްބީސީއިން ވަނީ  ނިންމާފައެވެ. އެމްބީސީއިން ތަޢާރަފުކުރި މި އިސްލާހުގައި ބޭރުގެ ޙިއްޞާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައިވެއެވެ. ޤަވާއިދަށް ގެނައި މި ކުއްލި ބަދަލާއި ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއިއެކު މި އަހަރު ތެރޭގައި ގިނަގުނަ މަސައްކަތް ކުރީމެވެ. އަދި ލައިސަންސް އައުވާނެކަމުގެ ޔަޤީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންވިއެވެ

    ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައި މިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް،  ކުންފުންޏާއި ޙިއްޞާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައެވެ. މިގޮތުން، ޤަވާއިދުގައިވާ ގޮތުގެމަތިން ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖަނަވަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން މިނިންމުން ނިންމަންޖެހުނީތީވެ ނުހަނު ހިތާމަކުރަމެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މަޢާފަށް އެދެމެވެ

    ކަންމިހެން އޮތްނަމަވެސް، މިދަނޑިވަޅުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދީފައިވާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދިރާގުޓީވީ ކަސްޓަމަރުންނަށް، ތަފާތެއްނެތި ރަނގަޅު ފެންވަރެއްގައި އައިޕީޓީވީ ޚިދުމަތްތައް އިޚްތިޔާރުކުމުގެ ފުރުޞަތުން މަހްރޫމްވިޔަނުދީ، އެކަމަށް ހައްލެއް ހޯދައި ދިނުމަށެވެ. މިގޮތުން، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އަޅުގަނޑުމެންނަށް ހުށަހެޅި އެކި ފަރާތްތަކާއިއެކު މަޝްވަރާކުރީމެވެ. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް ލިބިފައިވާ އެސްއެސް ނެޓްވަރކް ޕްރައިވެޓް ލިމިޓެޑާއިއެކު ކުރެވުނު މަޝްވަރާގެ ނަތީޖާއަކީ، ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ޚިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާއިއެކު އެއްބަސްވުމަކަށް އައުމެވެ. އައު ރީބްރޯޑްކާސްޓަރުގެ ޚިދުމަތަށް  ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ވާހަކަ ދަންނަވަމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާއިބެހޭ އިތުރު ތަފްސީލު ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ކަސްޓަމަރުންނަށް ޙިއްޞާ ކުރެވިގެންދާނެއެވެ

    ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާއިއެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ %85 ގޭބިސީއަށް ދިރާގުޓީވީގެ ޚިދުމަތް  ލިބުމުގެ މަގުފަހިކޮށްދީފައިވާނެއެވެ. ދިރާގުޓިވީއަށް ލިބުނު ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދިޔަ ތަރުހީބާއި، އިތުބާރާއި އެއްބާރުލުންކަން ފާހަގަކޮށް ކުންފުނީގެ ފަރާތުން އިޚުލާސްތެރިކަމާއިއެކު ޝުކުރުއަދާކުރަމެވެ

  • 24 December 2022
    Announcement regarding DhiraaguTV and DhiraaguPlay 

    Further to the announcement issued regarding DhiraaguTV service in October, we would like to inform all our customers that Dhiraagu’s Rebroadcasting License expires on 29 January 2023. Our application to renew our license was rejected by the Maldives Broadcasting Commission (MBC) based on the amendments to the Rebroadcasting Regulation (R-1/2022) made in January 2022 which introduced a provision prohibiting companies with foreign shareholders from providing rebroadcasting services in the Maldives. Throughout the year, we have assertively engaged with all relevant authorities to try and resolve the matter and continue offering our DhiraaguTV and DhiraaguPlay service in a fair and sustainable regulatory environment. The uncertainty around the license has also resulted in Dhiraagu not being able to grow the business as it had planned and lead to losses. ​ 
     
    Having regard to the present regulatory challenges, in the best interests of the company and its shareholders, the Dhiraagu Board of Directors has made the difficult decision to discontinue the DhiraaguTV and DhiraaguPlay service and mitigate any further loss. As per the Regulation, we are required to give a 30-day notice before we can discontinue our service. Therefore, 29 January 2023 will be the last day of DhiraaguTV and DhiraaguPlay service. ​ We are saddened to come to this decision and our sincere apologies for the inconvenience that this may cause our customers. 
     
    Our priority has been to try to find a solution which will not deprive DhiraaguTV customers from having choices and options for a consistent good quality IPTV service, irrespective of where they may reside. We were in discussion with a number of parties who approached us expressing their interest to provide rebroadcasting services. As a result, we have agreed to provide our IPTV/OTT network as a service to a newly licensed rebroadcaster, SS Network Pvt Ltd. We have planned for our customers to conveniently opt-in for the new rebroadcaster's service. Further details will be communicated to all DhiraaguTV and DhiraaguPlay customers in the coming weeks. 
     
    During the past seven years, Dhiraagu has invested in more than 100 premium channels and made the service available to over 85% of national households, covering 95 islands.  We would like to thank all our customers for their trust and support which has greatly contributed to the success of DhiraaguTV. 

Download Dhiraagu App
Copyright © 2021 DHIRAAGU (Dhivehi Raajjeyge Gulhun Plc)
Ooops!
Generic Popup