ނަމްބަރ:DHR/TENDER/127/2018
ދިރާގުން މާކެޓިން އަދި އެޑްވަޓައިޒިންގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ރަސްމީ ގަޑީގައި ދިރާގު އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް ގެ ފޯން 3311259 އާގުޅުއްވައި ނަންނޯޓް ކުރެއްވުމަށްފަހު، އެ ދުވަހުގެ 15:00އަށް ދިރާގު ހެޑްއޮފީސް 7ވަނަ ފަންގިފިލާ މީޓިންގ ރޫމަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންދެއްވުން އެދެމެވެ.
ބީލަން ހުށަހަޅާނެ ދުވަހެއް ކަނޑައަޅާނީ ޕްރީބިޑް މީޓިންގ ގައެވެ.
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ބީލަމުގެ ނަމާއި ނަންބަރު، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ހުށަހަޅުއްވާ ފަރާތުގެ ނަން އުރައިގެ ބޭރުގައި ޖައްސަވާފައެވެ.
19 ޑިސެމްބަރ 2018
ދިރާގު އެޑްމިނިސްޓްރޭޝަންޑިޕާޓްމަންޓް