މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 96/10) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ފުރިހަމަވާ ފަރާތެއްކަމުގައިވާންވާނެއެވެ. މީގެ އިތުރުން، ކެޕިޓަކް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ "ފިޓް އެންޑް ޕްރޮޕަރ" ގައިޑްލައިންސް ފޮރ ޑިރެކްޓަރސް އޮފް ލިސްޓެޑް ކޮމްޕެނީސް ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތަކާއި؛ ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑު (2021) ގެ 2 ވަނަ ބައިގެ 1.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތުތައް؛ އަދި މި ކުންފުނީގެ ހިންގާ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުންފުނީގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަރނަންސް (އާރ.އެން.ޖީ) ކޮމެޓީއިން ކަނޑައަޅާފައިވާ ޝަރުތުތަށް ފުރިހަމަވާ ފާރާތެއްކަމުގައި ވާންވާނެއެވެ.
ތިރީގައި އެވަނީ މި ކުންފުނީގެ އާރއެންޖީ ކޮމެޓީއިން ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ
• ކުންފުނީގެ ހިއްސާދާރެއް ކަމުގައި ވުން.
• ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެފައިވާ ޔުނިވަރސިޓީއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
• މާލީ ހިސާބުތަކާއި ރިޕޯޓްތައް ކިޔައި ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވުން ނުވަތަ ފައިނޭންސް/އެކައުންޓިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވުން ނުވަތަ މިދާއިރާއިން ތަޖުރިބާ ލިބިފައިވާ ފާރާތެއްކަމުގައި ވުމާއެކު ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓް ނުވަތަ ރިސްކްތަކާއިބެހޭ އެކަށީގެންވާ ހޭލުންތެރިކަމާއި މައުލޫމާތު ލިބިފައިވާ ފަރާތެއްކަމުގައި، ކުންފުނީގެ އާރއެންޖީ ކޮމިޓީއަށް ޤަބޫލުކުރެވުން.
• ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓަރގައި އިސް ވެރިޔެއްގެ ގޮތުގައި މަދުވެގެން 10 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
• ކުންފުންޏެއްގެ ބޯޑުގައި މަސައްކަތްކުރައްވައި ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
• ބޯޑުގެ މައްސޫލިއްޔަތުތައް އާދާކުރެއްވުމުގައި އާއި ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
• މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަވެގެން 2 ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތެއްކަމުގައި ނުވުން.
• ކުންފުންޏެއްގެ ނުވަތަ ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތްކުރައްވާފައިވާތާ މަދުވެގެން ބާރަ (12) މަސް ފާއިތުވެފައިވުން (އެޕްލައިވާނަމަ).
• ދިރާގުގެ ބޯޑުގައި މެދުނުކެނޑި ހަ (6) އަހަރު ހިދުމަތްކުރައްވާފައިވާ ފަރާތެއްކަމުގައި ވާނަމަ ހިދުމަތްކުރެއްވިފަހުން މަދުވެގެން އެއް (1) އަހަރު ފާއިތުވެފައިވާ ފަރާތެއްކަމުގައިވުން (އެޕްލައި ވާނަމަ).
މީގެއިތުރުން ބޯޑަށް ކުރިމަތިލައްވާ ފަރާތް ނުވަތަ އެފަރާތާއި އާއިލީގޮތުން ގާތް ( ދަރިން،ފިރި/އަނބި އަދި އެއްބަނޑު އެއްބަފާ) ގުޅުމެއް އޮތް އެއްވެސް ފަރާތަކީ؛
• ފާއިތުވި އެއް (1) އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ސީ.އީ.އޯ ފަދަ އިސް މަޤާމެއް ފުރުއްވާފައިވާ ފަރާތަކަށް ނުވަތަ ކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތެއްކަމުގައި ވެގެންނުވާނެއެވެ. ނުވަތަ
• ފާއިތުވި އެއް (1) އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏާއެކު ފާހަގަކުރެވޭފަދަ ފާއިސާގެ މުޢާމަލާތެއް ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. މިފަދަ ފައިސާގެ މުޢާމަލާތްތަކުގެ ތެރޭގައި ކުންފުނީގެ ފަރާތުން ލިބޭ އިނާޔަތާއި، ކޮމިޝަން، ޕްރޮފެޝަނަލް ފީ އަދި މުދަލާއި ޚިދުމަތުން ލިބޭ އަގު ހިމެނޭނެއެވެ
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ' ކޮމްޕެނީ ސެކްރެޓަރީ' އަށް އެޑްރެސްކުރައްވައި، ދިރާގު ހެޑް އޮފީސް، އަމީނީމަގު (ގްރައުންޑް ފްލޯރ) ނުވަތަ [email protected] އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ. ބޯޑަށް ކުރިމަތިލައްވާ ފަރާތަކީ ކުންފުންޏެއްގެ ނުވަތަ އެސޯސިއޭޝަނެއްގެ ފަރާތުން ކުރިމަތިލައްވާ ފަރާތެއްކަމުގައި ވާނަމަ އެކުންފުންޏެއް ނުވަތަ އެ އެސޯސިއޭޝަނެއްގެ ބޯޑް ރިޒޮލިއުޝަން ހުށަހަޅަން ވާނެއެވެ
ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، ކުންފުނީގެ ބޯޑުގެ އާރ.އެން.ޖީ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ. އަދި ބޯޑަށް ހުށަހަޅައި، ބޯޑުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ވަނަވަރު ހިއްސާދަރުންނާއި ހިއްސާކުރެވި، އާންމު ޖަލްސާގައި ވޯޓުލުމަށް ހުށަހެޅޭނެ އެވެ. އަހަރީ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުންގެ ފަރާތުން އެންމެ ގިނަ ވޯޓު ކަށަވަރުކުރާ ފަރާތް ޕަބްލިކް ޑައިރެކްޓަރެއްގެ ގޮތުގައި އައްޔަންވާނެއެވެ. ޖަލްސާގައި ވޯޓު ދެވޭނީ މެންބަރުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދު، އަތް އުފުލައިގެންނެވެ. މިހެން ވޯޓުދޭނަމަ ކޮންމެ ހިއްސާދާރަކަށް ނުވަތަ ޕްރޮކްސީއަކަށް ދެވޭނީ އެއް (1) ވޯޓެވެ
ދިރާގުގެ ބޯޑުގައި ޖެންޑަރ ޑައިވަރސިޓީ ހިމެނުމަށް ބާރު އެޅުމުގެގޮތުން ބޯޑުގެ މެމްބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ކުރިމަތިލުމަކީ ދިރާގުން އަބަދުވެސް މަރުހަބާކިޔާ ކަމެކެވެ
ދިރާގުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންވީ މައުލޫމާތުތައް 07 ފެބްރުއަރީ އިން ފެށިގެން 24 ފެބްރުއަރީ 2022 ގެ ނިޔަލަށް ތިރީގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ
އިތުރު މައުލޫމާތު ހޯއްދެވުމަށް:
ކުންފުނީގެ ސެކެރެޓަރީ/ޖެނެރަލް ކައުންސެލް
ފޯން: 3311121 ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.