• 07 February 2022
    Invitation to apply for the post of Public Director on the Board of Directors of Dhivehi Raajjeyge Gulhun PLC
    Ref No: CS-GC/2022/PR-03
    INVITATION TO APPLY FOR THE POST OF PUBLIC DIRECTOR ON THE BOARD OF DIRECTORS OF DHIVEHI RAAJJEYGE GULHUN PLC
    We are pleased to invite public shareholders of Dhivehi Raajjeyge Gulhun Plc (“Dhiraagu”) to apply for the post of Public Director on our Board of Directors.

    In accordance with Article 70 of our Articles of Association (the “Articles”), the Public Director shall represent the public shareholders and shall be elected by the Shareholders (excluding the Government and the majority shareholder) at a general meeting. The Public Director shall hold office from the general meeting in which they are elected to the second (2nd) Annual General Meeting (“AGM”) following the election. 

    An election of the Public Director is to be carried out at the upcoming AGM which will be held in March 2022. 

    Applicants are required to possess the qualifications and competencies specified in the Companies Act (Law No.10/96) and regulations made thereunder, be of sound reputation and ethical standards as described in the ‘Fit and Proper’ Guidelines for Directors of Listed Companies’ issued by the Capital Market Development Authority (“CMDA”), the requirements under section 1.1 of Part 2 of the Corporate Governance Code 2021 of CMDA, and the following criteria as set by the Remuneration Nomination and Governance (“RNG”) Committee in accordance with the Articles:

         • be a current shareholder of Dhiraagu;
         • hold a degree from an internationally recognised university;
         • in the judgement of the RNG Committee, be able to read and understand financial statement and reports or have   accounting or related financial expertise or experience and possess a reasonable understanding and knowledge of the market and other risks faced by Dhiraagu;
         • have at least 10 years of experience serving in a senior capacity in the public or private sector;
         • have experience serving on the boards of companies and be able to demonstrate past contributions in similar capacities;
         • be able to commit time to the Board’s responsibilities;
         • currently not serving on the Board of more than two (2) companies listed on the Maldives Stock Exchange;
         • a minimum of twelve (12) months has passed since the person left the board of a competitor or regulator (where applicable); and
         • a minimum of one (1) year has passed since serving the Dhiraagu Board for a period of six (6) consecutive years (where applicable).

    Applicants are advised that they may: 

         • not have held, or whose immediate family members have not held, during the past one (1) year, a key position in the Company, such as the Chief Executive Officer, or any immediate employment position; or
         • not have, or immediate family members have not, during the past one (1) year had any substantial financial dealings, including the receipt of remuneration, commissions, professional fees, payments for goods and services etc. with the Company.

    Public shareholders, meeting the above requirements, are invited to submit the “Application form for Public Director” along with supporting documents in a sealed envelope addressed to the ‘Company Secretary’ to Dhiraagu Head Office (Ameenee Magu, Male’, Maldives) or via email to [email protected] by 16:00hr, Thursday 24 February 2022.

    If the applicant is being proposed by a company or association, the Board Resolution of the proposing company or association along with a copy of registration of such legal entity should be submitted together with the application form. 

    The RNG Committee will evaluate the applications and shortlisted candidates may be interviewed. Subject to Board approval, the RNG Committee’s recommendations will be announced in the AGM Notice and presented to voting at the upcoming AGM. The candidate who secures the most votes at the AGM will be elected for the position of Public Director. Unless otherwise determined, only shareholders who are present in person or by proxy at the AGM can vote on a show of hands, where each shareholder and proxy will have one vote each. 

    Applications forms will be available from our AGM page or the Dhiraagu Head Office (Ameenee Magu, Male’, Maldives) from 7 February to 24 February 2022. 
     
    Dhiraagu is committed to gender diversity and we strongly encourage qualified female applicants to apply.


    Contact Information:
    Phone: 3311121
    Email: [email protected]

    Issued by:
    Dhiraagu Investor Relations
  • 07 February 2022
    Invitation to apply for the post of Public Director on the Board of Directors of Dhivehi Raajjeyge Gulhun PLC
    Ref No: CS-GC/2022/PR-03
    ދިވެހިރާއްޖޭގެ ގުޅުން ޕލކގެ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން
    ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރައްވާ ޑިރެކްޓަރުގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަމެވެ

    ދިރާގުގެ ހިންގާ ޤަވާއިދުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރަކު ކުންފުނީގެ އަހަރީ އާންމު ޖަލްސާއެއްގައި، (ކުންފުނީގެ މައި ހިއްސާދާރު އަދި ސަރުކާރު އިސްތިސްނާވާގޮތަށް) އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރެވޭނެއެވެ. މިގޮތުގެ މަތިން އިންތިހާބުކުރެވޭ ފަރާތުގެ ޑިރެކްޓަރުކަމުގެ ދައުރަކީ އިންތިހާބުކުރެވޭ އާންމު ޖަލްސާ ބާއްވާ ތާރީޚުން ފެށިގެން 2 ވަނައަށް ބާއްވާ އަހަރީ އާންމު ޖަލްސާ އާއި ހަމައަށެވެ.
     
     މިގޮތުން، މި އަހަރުގެ މާރިޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ، ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް ޑިރެކްޓަރަކު އިންތިހާބުކުރުމަށްވަނީ ހަމަޖެހިފައެވެ
     

    މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ، ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 96/10) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ފުރިހަމަވާ ފަރާތެއްކަމުގައިވާންވާނެއެވެ. މީގެ އިތުރުން، ކެޕިޓަކް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ "ފިޓް އެންޑް ޕްރޮޕަރ" ގައިޑްލައިންސް ފޮރ ޑިރެކްޓަރސް އޮފް ލިސްޓެޑް ކޮމްޕެނީސް ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތަކާއި؛ ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑު (2021) ގެ 2 ވަނަ ބައިގެ 1.1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތުތައް؛ އަދި މި ކުންފުނީގެ ހިންގާ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުންފުނީގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަރނަންސް (އާރ.އެން.ޖީ) ކޮމެޓީއިން ކަނޑައަޅާފައިވާ ޝަރުތުތަށް ފުރިހަމަވާ ފާރާތެއްކަމުގައި ވާންވާނެއެވެ.

    ތިރީގައި އެވަނީ މި ކުންފުނީގެ އާރއެންޖީ ކޮމެޓީއިން ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ

    • ކުންފުނީގެ ހިއްސާދާރެއް ކަމުގައި ވުން.
    • ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަނެފައިވާ ޔުނިވަރސިޓީއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
    • މާލީ ހިސާބުތަކާއި ރިޕޯޓްތައް ކިޔައި ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވުން ނުވަތަ ފައިނޭންސް/އެކައުންޓިންގެ ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވުން ނުވަތަ މިދާއިރާއިން ތަޖުރިބާ ލިބިފައިވާ ފާރާތެއްކަމުގައި ވުމާއެކު ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓް ނުވަތަ ރިސްކްތަކާއިބެހޭ އެކަށީގެންވާ ހޭލުންތެރިކަމާއި މައުލޫމާތު ލިބިފައިވާ ފަރާތެއްކަމުގައި، ކުންފުނީގެ އާރއެންޖީ ކޮމިޓީއަށް ޤަބޫލުކުރެވުން.
    • ޕްރައިވެޓް ނުވަތަ ޕަބްލިކް ސެކްޓަރގައި އިސް ވެރިޔެއްގެ ގޮތުގައި މަދުވެގެން 10 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
    • ކުންފުންޏެއްގެ ބޯޑުގައި މަސައްކަތްކުރައްވައި ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
    • ބޯޑުގެ މައްސޫލިއްޔަތުތައް އާދާކުރެއްވުމުގައި އާއި ބޯޑުގެ ޖަލްސާތަކަށް އެކަށީގެންވާ ވަގުތު ދެވޭނެ ފަރާތެއްކަމުގައިވުން.
    • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ގިނަވެގެން 2 ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތެއްކަމުގައި ނުވުން.
    • ކުންފުންޏެއްގެ ނުވަތަ ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތްކުރައްވާފައިވާތާ މަދުވެގެން ބާރަ (12) މަސް ފާއިތުވެފައިވުން (އެޕްލައިވާނަމަ).
    • ދިރާގުގެ ބޯޑުގައި މެދުނުކެނޑި ހަ (6) އަހަރު ހިދުމަތްކުރައްވާފައިވާ ފަރާތެއްކަމުގައި ވާނަމަ ހިދުމަތްކުރެއްވިފަހުން މަދުވެގެން އެއް (1) އަހަރު ފާއިތުވެފައިވާ ފަރާތެއްކަމުގައިވުން (އެޕްލައި ވާނަމަ).

    މީގެއިތުރުން ބޯޑަށް ކުރިމަތިލައްވާ ފަރާތް ނުވަތަ އެފަރާތާއި އާއިލީގޮތުން ގާތް ( ދަރިން،ފިރި/އަނބި އަދި އެއްބަނޑު އެއްބަފާ) ގުޅުމެއް އޮތް އެއްވެސް ފަރާތަކީ؛

    • ފާއިތުވި އެއް (1) އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ސީ.އީ.އޯ ފަދަ އިސް މަޤާމެއް ފުރުއްވާފައިވާ ފަރާތަކަށް ނުވަތަ ކުންފުނީގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ފަރާތެއްކަމުގައި ވެގެންނުވާނެއެވެ. ނުވަތަ

    • ފާއިތުވި އެއް (1) އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏާއެކު ފާހަގަކުރެވޭފަދަ ފާއިސާގެ މުޢާމަލާތެއް ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. މިފަދަ ފައިސާގެ މުޢާމަލާތްތަކުގެ ތެރޭގައި ކުންފުނީގެ ފަރާތުން ލިބޭ އިނާޔަތާއި، ކޮމިޝަން، ޕްރޮފެޝަނަލް ފީ އަދި މުދަލާއި ޚިދުމަތުން ލިބޭ އަގު ހިމެނޭނެއެވެ

    މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށްއެދި ހުށަހަޅާ ފޯމް" އަދި ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރެއްވުމަށްފަހު، 24 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ' ކޮމްޕެނީ ސެކްރެޓަރީ' އަށް އެޑްރެސްކުރައްވައި، ދިރާގު ހެޑް އޮފީސް، އަމީނީމަގު (ގްރައުންޑް ފްލޯރ) ނުވަތަ [email protected] އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ. ބޯޑަށް ކުރިމަތިލައްވާ ފަރާތަކީ ކުންފުންޏެއްގެ ނުވަތަ އެސޯސިއޭޝަނެއްގެ ފަރާތުން ކުރިމަތިލައްވާ ފަރާތެއްކަމުގައި ވާނަމަ އެކުންފުންޏެއް ނުވަތަ އެ އެސޯސިއޭޝަނެއްގެ ބޯޑް ރިޒޮލިއުޝަން ހުށަހަޅަން ވާނެއެވެ

    ބޯޑުގެ ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތައް، ކުންފުނީގެ ބޯޑުގެ އާރ.އެން.ޖީ ކޮމިޓީއިން އިވެލުއޭޓްކުރުމަށްފަހު ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުމުގެ އިހްތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ. އަދި ބޯޑަށް ހުށަހަޅައި، ބޯޑުން ކަނޑައަޅާގޮތެއްގެ މަތިން، ޑިރެކްޓަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ވަނަވަރު ހިއްސާދަރުންނާއި ހިއްސާކުރެވި، އާންމު ޖަލްސާގައި ވޯޓުލުމަށް ހުށަހެޅޭނެ އެވެ. އަހަރީ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުންގެ ފަރާތުން އެންމެ ގިނަ ވޯޓު ކަށަވަރުކުރާ ފަރާތް ޕަބްލިކް ޑައިރެކްޓަރެއްގެ ގޮތުގައި އައްޔަންވާނެއެވެ. ޖަލްސާގައި ވޯޓު ދެވޭނީ މެންބަރުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދު، އަތް އުފުލައިގެންނެވެ. މިހެން ވޯޓުދޭނަމަ ކޮންމެ ހިއްސާދާރަކަށް ނުވަތަ ޕްރޮކްސީއަކަށް ދެވޭނީ އެއް (1) ވޯޓެވެ

    ދިރާގުގެ ބޯޑުގައި ޖެންޑަރ ޑައިވަރސިޓީ ހިމެނުމަށް ބާރު އެޅުމުގެގޮތުން ބޯޑުގެ މެމްބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ކުރިމަތިލުމަކީ ދިރާގުން އަބަދުވެސް މަރުހަބާކިޔާ ކަމެކެވެ

    ދިރާގުގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް އަދި ފޯމާއެކު ހުށަހަޅަންވީ މައުލޫމާތުތައް 07 ފެބްރުއަރީ އިން ފެށިގެން 24 ފެބްރުއަރީ 2022 ގެ ނިޔަލަށް ތިރީގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ


    އިތުރު މައުލޫމާތު ހޯއްދެވުމަށް:
    ކުންފުނީގެ ސެކެރެޓަރީ/ޖެނެރަލް ކައުންސެލް
    ފޯން: 3311121 ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.



Download Dhiraagu App
Copyright © 2021 DHIRAAGU (Dhivehi Raajjeyge Gulhun Plc)
Ooops!
Generic Popup